އާދު އިބްރާހިމް އާދަމް
އާދު އިބްރާހިމް އާދަމް
އުގައިލް ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކޯޑިން ދަސްކުރަމުންދާ އާދުގެ އުމުރުން އަދި މިވީ އެންމެ 12 އަހަރެވެ.

އެގޮތުން ޅައުމުރުގައި ކޯޑިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ މަސައްކަތްކުރަމުންދާ އާދު އިބްރާހިމް އާދަމް ދަނީ އުގައިލް ފައުންޑޭޝަނުން މިއަހަރު ހިންގަމުންދާ އެޑްވާންސް ކޯޑިންޑް ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ހޯދަމުންނެވެ.

މިޕްރޮގްރާމުގައި ޖާވާ ސްކްރިޕްޓާއި ޕައިތޯން ފަދަ ޕްރޮގްރާމިންގް ލެންގުއޭޖް ދަސްކޮށްދިނުމުގެ އިތުރުން، ވެބް އެޕް ޑިވެލޮޕް ކުރުމާއި، އާޓިފިޝަލް އިންޓެލިޖަންސާއި ބެހޭގޮތުން އެކި އެކި ކްލާސްތައް ކުރިއަށްދާނެއެވެ. އުމުރުން 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްފައިވާ މިޕްރޮގްރާމުގެ އެހީތެރިކަމާއެކު އާދު ފަދައިން ޅައުމުރުގައި ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ އިތުރުން އާދު އަކީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް ހައެއްގައި ކިޔަވަަމުންދާ ދަރިވަރެކެވެ. ސްކޫލްގައި ސްކައުޓިންގއާއި އެކިކަހަލަ ކްލަބްތަކުގައިވެސް ބައިވެރިވަމުންދާ އާދު އަކީ ކިއެވުމުގެ ގޮތުންނާއި އަޚުލާގީގޮތުން ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

މީގެ އިތުރުން، ގުރުއާން، އާޓްސް އަދި ދިވެހި އަދަބީ އެކި މުބާރާތްތަކުންވެސް އާދު ވަނީ ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ކާމިޔާބުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން