މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި | ފޮޓޯ: ޝާހް، ރަސްއޮންލައިން
މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި | ފޮޓޯ: ޝާހް، ރަސްއޮންލައިން
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނީ، ހ. ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރު ކަމަށާއި ޢިމާރާތުގައި ރޯވެފައި ހުރި އަލިފާން 09:25 ހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ހާދިސާގައި 10 މީހުން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އަލިފާނުގެ ސަބަބުން އެ ޢިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލު ލިބިފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ރޯވެފައިވަނީ އެޢިމާރާތުގެ ކުރިމަތީގައި ހުރި ބިލްބޯޑެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން