ދެއަހަރަށްފަހު ސަންޖޭ ދަތުގެ ހަތަރު ފިލްމެއް މިއަހަރު ރިލީޒްކުރާނެކަމަށް އިއުލާންކޮށްފިއެވެ.

ބޮލީވުޑްގެ ކާމިޔާބު ތަރި ސަންޖޭ ދަތުގެ ކުރިއަށް އޮތް ހަތަރު ފިލްމުގެވެސް މަސައްކަތް ނިމި، ރިލީޒް ކުރާނެ ތާރީހުތައްވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ހިންދީ ފިލްމު ޓޫލްސިދާސް ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ މަރޗް މަހު ހަތަރުވަނަ ދުވަހުއެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު، ފިލްމު ކޭޖީއެފް ޗެޕްޓަރ 2 ރިލީޒްކުރުމަށްވެސްވަނީ ހަމަޖެހިފއެވެ. މިފިލްމަކީ ކަންނައްޑާ ބަހުން ރިލީޒް ކުރާ ފިލްމެކެވެ.

މީގެއިތުރުން މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ ހިންދީ ފިލްމު ޕްރިތުވިރާޖްއިންވެސް ސަންޖޭދަތު ފެނިގެން ދާނެއެވެ. އަދި ސަންޖޭ ދަތާއި، ރަންބީރް އަދި ވާނީ ކަޕޫރް އެކުގައި ފެނިގެންދާ ހިންދީ ފިލްމު ޝަމްޝެރާ މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފަސްވަނަ ފިލްމެއްގެ ޝޫޓިންގވެސް ސަންޖޭ ވަނީ ފަށާފައެވެ. ގުޑްޗައްޑީ ނަމަކަށް ކިޔާ މިފިލްމަކީ ހިންދީ ފިލްމެއްކަމަށް އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

ސަންޖޭ ދަތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ޕްރަސްތަނަމްއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން