އަހާން ޝެޓީގެ ފުރަތަމަ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ބެސްޓް އެކްޓަރގެ އެވޯޑް ލިބިއްޖެއެވެ.

އޭނާ މި އެވޯޑް ހާސިލުކޮށްފައިވަނީ ހިންދީ ފިލްމު ތަޅަޕުންނެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ މިފިލްމުގައި އަހާން އާއެކު ދެން ފެނިގެންދަނީ މިހާރު ކުރިއަރަމުންދާ ފިލްމީ ތަރި ތާރާ ސުތާރިއާއެވެ.

މިފިލްމުގައި އަހާން ދައްކުވައިދިން ކުޅަދާނަ އެކްޓިންގ އަށް ގިނަބެލުންތެރިންގެ ސަމާލުކަން ލިބިގެންދިއައެވެ. ހާއްސަގޮތެއްގައި ފިލްމުގައި އަހާން ކުޅެފައިވާ އެކްޝަން މަންޒަރުތައް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މިފިލްމުގެ ކާމިޔާބީއާއި އަހާންގެ އެކްޓިން ފާހަގަކޮށް، އަހާން ވެގެންދާނީ އޭނާގެ ބައްޕަ، ބޮލީވުޑްގެ ކާމިޔާބު ފިލްމީ ތަރި ސުނިލް ޝެޓީ ފަދައިން ކާމިޔާބު ތަރިއަކަށް ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

ހިންދީ ފިލްމު ތަޅަޕުން އަހާނަށް ބެސްޓް އެކްޓަރ ޑެބިއު އެވޯޑް ލިބިފައިވަނީ މިއަހަރުގެ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން