ބީޓީއެސްގެ ލަވަކިޔުންތެރިއާ ޖޭހޯޕް (ކ)، އަދި ޖިން (ވ).
ބީޓީއެސްގެ ލަވަކިޔުންތެރިއާ ޖޭހޯޕް (ކ)، އަދި ޖިން (ވ).
ދެކުނު ކޮރެއާގެ މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ ލަވަކިއުންތެރިއެއްގެ އުފަންދުވަހުގެ ހަދިޔާއަކަށް އަގުބޮޑު ފާހާނާ ސާފުކުރާ ބުރުހެއް ދީފިއެވެ.

7 ޒުވާނުން ހިމެނޭ ކޭޕޮޕް ބޭންޑް ބީޓީއެސްގެ ލަވަކިޔުންތެރިއާ ޖޭހޯޕްގެ 29 ވަނަ އުފަންދުވަހުގެ މިހާއްސަ ހަދިޔާ ދީފައިވަނީ ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު ޖިން އެވެ. ސަކަ މިޒާޖެއްގެ ވެެރި ޖިން ދިން ފާހާނާ ސާފުކުރާ ބުރުހަކީ ރަނުން ހަދާފައިވާ ބުރުހެކެވެ.



އެލެއްސީ ބްރޭންޑުގެ މިބުރުހަކީ 2200 ޑޮލަރަށް ވިއްކަމުންދާ ބުރުހެކެވެ.

ޖިން ދިން އަގުބޮޑު ހަދިޔާއަށް ޝުކުރު އަދާކޮށް ޖޭހޯޕް ވަނީ އޭނާގެ މޫނުހާ ވިދާ ހަދިޔާ އަކާއެކު ފާހާނާ ސާފު ކުރަން ދެން ވިސްނަންވެސް ނުޖެހޭނެކަމަށް ބުނެފައެވެ.

2013 ވަނަ އަހަރު ވުޖޫދަށް އައި މި ބޭންޑަށް މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ލިބިފައިވާއިރު، ބީޓީއެސް އިން ދަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން އެތައް އެވަރޑަކާއިއެކު އެތައް ކާމިޔާބީއެއް ހޯދަމުންނެވެ. އެގޮތުން ބީޓީއެސް އަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުންދާ މިއުޒިކް ގްރޫޕެކެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން