ޒަހީނުއްދީން ސަޢީދު   8 ފެބްރުއަރީ 2022 - 2:28
ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ރަފެލްސް މޯލްޑިވްސް މަރަދޫ ރިސޯޓް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ތިނަދޫ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެެ.



އެ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް އެމްއެންޑީއެފުން ވަނީ އާންމުކޮށްފައެެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗުގައި ވަނީ ވަރަށް ބޮޑަށް ހުޅުހިފާފައެވެ.

މިހާދިސާގައި އެއްެވެސް މީހަކަށް ގެއްލުމެއް ވެފައިވާކަން އަދި ނޫންކަންވެސް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން