އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފަނޑިޔާރުންނަށް ބިރު ދައްކާކަމަށް ބުނެ، އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
އާޒިމްގެ މައްސަލަ ކޯޓަށް ހުށަހަޅަން އިދިިކޮޅު ކޯލިޝަނުން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި އާޒިމް ދެއްކެވި ވާހަކަފުޅުތަކެއްގެ ސަބަބުން ކަމަށް ބުނެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ރައީސް ޔާމީން ދައުލަތުން ވައްކަން ކުރިކަން ފެންނަން އެބަހުރި ކަމަށާއި ނަމަވެސް އެ މަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރިކަމަށެވެ. އަދި އެގޮތަށް ހުކުމްކުރި ފަނޑިޔާރުން ވަކިނުކޮށް ތިބުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަތައް ކުށްވެރިކޮށް ޕީޕީއެމް/ ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާޒިމްގެ ވާހަކަތަކަކީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލެއްކަމަށާއި އެއީ ދައުލަތުގެ އެއްބާރު އަނެއްބާރުގެ ތެރެއަށް އަތްބާނާއި، ޖުޑިޝަރީ ހިސާރު ކުރުމުގެ އަމަލެއް ކަމަށެވެ. އަދި އާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބަޔާނުގައިވެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިއުމަަކީ ރައްޔިތުން އެމްޑީޕީ ބަލައިގަނެ އެ ޕާޓީއަށް އަދިވެސް ތާއިދު އޮތް ކަމުގެ ހެއްްކެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ދޫކޮށްފައި ބަހައްޓާނަމަ ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް އާޒިމް މިއަދު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް ކަމަށް އާޒިމް ސިފަ ކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި އާޒިމްވަނީ މުއައްސަސާތަކުގެ ވެރިން ބަދަލުކޮށްގެން ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަލީ އާޒިމް މިމޭރުމުން ޚިޔާނާތުގެ ވާހަކަ މިއަދު ދައްކަވާފައިވާއިރު އާޒިމަކީ އެ ދައްކަވާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ފަނޑިޔާރުންނަށް ބިރު ދައްކާ ނުފޫޒު ފޯރުވުމަށް އެމްޑީޕީ އިން ކުރާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން pic.twitter.com/Em5bvTXiBu
— Progressive Party of Maldives (@ProgressPartyMV) February 7, 2022
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިއުމަަކީ ރައްޔިތުން އެމްޑީޕީ ބަލައިގަނެ އެ ޕާޓީއަށް އަދިވެސް ތާއިދު އޮތް ކަމުގެ ހެއްްކެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ދޫކޮށްފައި ބަހައްޓާނަމަ ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް އާޒިމް މިއަދު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް ކަމަށް އާޒިމް ސިފަ ކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި އާޒިމްވަނީ މުއައްސަސާތަކުގެ ވެރިން ބަދަލުކޮށްގެން ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަލީ އާޒިމް މިމޭރުމުން ޚިޔާނާތުގެ ވާހަކަ މިއަދު ދައްކަވާފައިވާއިރު އާޒިމަކީ އެ ދައްކަވާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު