ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ އިންޑިއާގެ ލެޖެންޑަރީ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރް މަރުވެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފިއެވެ.

ލަތާއަށް ކޮވިޑް ޖެހި ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ މިހާރު މަސް ދުވަސް ވެއްޖެއެވެ. އަދި މިވީ ދުވަސްކޮޅުގެ ތެރޭގައި އޭނާ އަށް ވަނީ ނިއުމޯނިއާ ޖެހި، އެބައްޔަށްވެސް ފަރުވާ ހޯދާފައެވެ.

މީގެއިތުރުން ލަތާގެ ހާލުދެރަވެ ތިން ދުވަަސް ވަންދެން ވެންޓިލޭޓަރަށް ލައި ފަރުވާ ދީފައިވެއެވެ. އަދި ހާލު ރަނގަޅުވާން ފެށުމުން ހުސްވި ހަފްތާ ތެރޭގައި ވެންޓިލޭޓަރުން ނެގިނަމަވެސް، ލަތާގެ ހާލު އިތުރަށް ގޯސްވެ މިދިޔަ ހޮނިހިރު ދުވަހު ލަތާ ވަނީ ދެވަނަ ފަހަރަށް ވެންޓިލޭޓަރަށް ލާފައެވެ.

އުމުރުން 92 އަހަރުގެ ލަތާ މަންގޭޝްކަރް، އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓްލުގައި އެޑްމިޓްކޮށް ފަރުވާދެމުދަނިކޮށް މަރުވެފައިވާކަން ހޮސްޕިޓަލުންވެސްވަނީ ޔަގީންކޮށްދީފައެވެ.

އިންޑިއާގެ ސިނަމާތަކަށް ވިދުން ގެނައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ ވަނީ މިހާތަނަށް 30،000 އަށް ވުރެ ގިނަ ލަވަ ކިޔާފައެވެ. ލަތާގެ ލަވަތަކަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވަތަކެވެ. ހާއްސަ ގޮތެއްގައި ލަގްޖާ ގަލޭ، އަޖީބް ދާސްތާން ހެ ޔޭ، ޕިޔާރް ކިޔާތޯ ޑަރްނާ ކިޔާ، އަދި ތޭރޭ ލިޔޭ ފަދަ ހިންދީ ލަވަތަކަކީ އަދިވެސް އަޑު އަހާ ފޫހި ނުވާނޭ ހިންދީ ލަވަތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން