އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދެވެ. މި ވައުދު ފުއްދުމުގައި ދިވެހި މައި ފެންކުންފުނި، އެމް.ޑަބްލިއު.އެސް.ސީން އަންނަނިީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި ގޮތުން ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ސަރުކާރުންވަނީ އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފައެވެ. މި ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށި މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.76 ބިލިއަން ރުފިޔާ އަށް އަރައެވެ. މީގެތެރޭގައި ށ. ފީވަކުގެ ފެނުގެ ނިޒާމާއި ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުވެސް ހިމެނެއެވެ. މި ދެރަށުގެ ފެެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައްވެސް ފަށައި އެމް.ޑަބްލިއު.އެސް.ސީން މިހާރު އަންނަނީ އެމަސައްކަތް ކުރަމުންނެވެ.

މިގޮތުން ށ. ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި 9.18 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، މިމަސައްކަތުގެ ތެރޭގައި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތްތަކާއި ފެން ތާނގީތަކުގެ ފައުންޑޭޝަން އެޅުމުގެމަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް

އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.





މިދެމަޝްރޫޢުގެ އަގަކީ ޖުމްލަ 135.65 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން ށ. ގޮއިދޫ އަދި ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، މި ދެ މަޝްރޫޢުގެ ތެރެއިން މި ދެރަށުގައި ޖުމުލަ 15 ވަޒީފާއެއް އުފެދި މި ދެރަށުގެ ރައްޔިތުންނަށް މި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ދެމަޝްރޫޢުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައިވެސް ފެންކުންފުނިން ވަނީ ށ. އަތޮޅަށް އައިސްފައިވާ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ށ. ކަނޑިތީމުގެ ފެނުގެ ނިޒާމާއި ށ. މިލަންދޫގެ ފެނާއި ނަރުދަމާ ނިޒާމު އެމް.ޑަބްލިޔު.އެސް.ސީން ވަނީ ޤާއިމުކޮށްފައެވެ. މި ދެ މަޝްރޫޢަށް ޖުމުލަ 97 މިލައަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އަކީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިވަގުތު ރާއްޖޭގައި އޮތް އެންމެ ޤާބިލް އެއް ކުންފުންޏެެވެ. އެގޮތުން

މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތުގައި ފެނާއި ނަރުދަމާ ނިޒާމް ޤާޢިމްކުރުމުގެ މަޝްރޫއުތައް މެދުކެނޑުމެއް ނެތި އެމް.ޑަބްލިޔު.އެސް.ސީން

އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން