މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ކޮރެއަން ޑްރާމާ ސީރީޒް ސްކުއިޑް ގޭމަށްފަހު އަނެއްކާވެސް ނެޓްފްލިކްސްގެ އެންމެ ގިނަ ބަޔަކު ބެލި ސީރީޒެއްގެ ގޮތުގައި ކޮރެއަން ޑްރާމާ ސީރީޒެއް ހިމެނިއްޖެއެވެ.

މިފަހަރު ނެޓްފްލިކްސް މެދުވެރިކޮށް އެންމެ ގިނަބަޔަކު ބަލާފައިވަނީ ކޮރެއަން ޑްރާމާ ސީރީޒް "އޯލް އޮފް އަސް އާ ޑެޑް" އެވެ. 12 އެޕިސޯޑް ހިމެނޭ މިސީރީޒަކީ ޒޮމްބީ ވައިރަސް އައުޓް ބްރޭކަކުން ސަލާމަތްވާން ސްކޫލެއްްގެ ދަރިވަރުންތަކެއް ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒެކެވެ.

މިސީރީޒް ރިލީޒްކޮށްފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހު ނެޓްފްލިކްސްގައެވެ. ސީރީޒް ރިލީޒް ކުރުމާއެކު، ނެޓްފްލިކްސްގެ އެންމެ ގިނަބަޔަކު ބަލާ ފިލްމުތަކުގެ ތަރުތީބުން އެކުލަވާލައިފައިވާ ލިސްޓުގެ އެންމެ ކުރީގައި ހިމެނިގެންދިއައެވެ.

މިސީރީޒަކީ ވެބްޓޫން ކޮމިކެއްކަމަށްވާ "ނައު އެޓް އަވަރ ސްކޫލް" ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން