ރާއްޖޭގައި އުޅޭ ބިދޭސީ ބަޔަކު ފުުރުވާލަނީ- ގަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބަޔަލު މިހާރުވެސް ސަރުކާރުގެ ބެލުމުގެ ދަށުގަ އެބަތިބި
ރާއްޖޭގައި އުޅޭ ބިދޭސީ ބަޔަކު ފުުރުވާލަނީ- ގަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބަޔަލު މިހާރުވެސް ސަރުކާރުގެ ބެލުމުގެ ދަށުގަ އެބަތިބި
ހުޅުމާލޭ އަމީން ހިޔާގައި ހުންނަ ކަރަންޓީން ފެސިލިޓީގައި ތިބި ބިދޭސީންތަކެއް އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުމެއް ހިނގައިފިއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ހާމަކުރިގޮތުގައި ބިދޭސީން ތިބޭ އެ ކަރަންޓީން ފެސިލިޓީގައި ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި ތިބި ބަޔަކު ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާއި ދިމާލަށް ގޮނޑި ފަދަ ތަކެތި އުކާފައިވާ ކަމަށެވެ.  އެހެން ނަމަވެސް ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެކަމަކު އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިރޭ 20:50 ހާއިރު ހިނގި އެ ހަމަނުޖެހުން މިހާރު ވަނީ ވާހަކަ ދައްކައިގެން ހައްލުކޮށްފައި ކަމަށެވެ.  ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ގޮނޑިއާއި އެބާވަތުގެ ގިނަ ތަކެތި އެ ކަރަންޓީނު ފެސިލިޓީގެ ގޭޓު މަތިންނާއި ބިއްގަނޑު މަތިން ބޭރަށް އުކާ މަންޒަރު ފެނެއެވެ. އަދި އޭރު އެ ފެސިލިޓީގެ ގޭޓުވެސް ހުރީ ހުޅުވިފައިކަން ވީޑިޔޯ އިން ހާމަވެއެވެ.

ހުޅުމާލޭ ކަރަންޓީނު ފެސިލިޓީއެއްގައި މިފަދަ ހަމަނުޖެހުމެއް ހިނގާފައި ވާއިރު މިފަހުން ވަނީ ކޮވިޑް ޖެހި ޕޮޒިޓިވް ވި 7 ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކުން ފިލާފައެވެ. ފުލުހުން ކުރި މަސައްކަތުން 6 މީހަކު ފެނިފައިވާ އިރު އަދިވެސް އެކަކު ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން