ފެނަކަަ ކުންފުނީގެ އެމްޑީ އަޙްމަދު ސަޢީދު
ފެނަކަަ ކުންފުނީގެ އެމްޑީ އަޙްމަދު ސަޢީދު
އައްޑޫ ސިޓީގައި ޕަވަރ ޕާރޗޭސް އެގްރީމެންޓް (ޕީޕީއޭ) ގެ ދަށުން ގާއިމްކުރެވޭ 4.5 އެމްޑަބްލިއުޕީ ސޯލާ ޕީވީ ނިޒާމް ގާއިމް ކުރަން ނިންމައިފިއެވެ.


ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭ ގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކަމަށެވެ.

މި ޕްރޮޖެކްްޓް ގެ ދަށުން ސ.ހުޅުމީދޫގައި 2 އެމްޑަބްލިއުޕީގެ ސޯލާރ ޕީވީ ބެޓަރީ ސްޓޯރޭޖް ސިސްޓަމާއެކު ހަރުކުރާނެއެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2.5 އެމްޑަބްލިއުޕީ ސޯލަރ ޕީވީ ހަރުކުރާނެއެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާރއިން އެރަށް ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓުގެ ( އެއަރޕޯޓްގެ ޔޫސޭޖް) 100 އިންސައްތަ އެ ތަނުގައި ގާއިމްކުރެވޭ 2.5 އެމްޑަބްލިއުޕީ ސޯލާ ނިޒާމުން އުފައްދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ. މިއާއެކު ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާ ޕަވާޑް އެއާޕޯޓަށް ވެގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓަރު ޑީސަލް އެންދުން މަދުކުރެވޭނެ ކަމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަން ޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު