ބޭންކަށް ދައްކަންޖެހޭ ލޯނުތަކެެއް ނުދައްކައިގެން ދެ ރިސޯޓެއް ވިއްކާލަން ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިން އިއުލާންކޮށްފިއެވެ.

ވިއްކާލަން އިއުލާންކޮށްފައިވަނީ ދޮޅިޔަދޫ އިންވެސްޓްމަންޓުގެ ނަމުގައި އޮތް ށ. އަތޮޅު ދޮޅިޔަދޫ ރިސޯޓާއި ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އެއްލައިދޫ މަނިކުގެ އަލްފާ ކިނަމް ހޯލްޑިންގްސްގެ މ. އަތޮޅު ގަސްވެލިދޫ ރިސޯޓެވެ.

ކުރިން 100 އެނދުގެ ރިސޯޓެއް ހިންގި ދޮޅިޔަދޫ ރިސޯޓު ވިއްކަން އިއުލާންކޮށްފައިވަނީ 33 މިލިއަން ޑޮލަރަށެވެ. މި ރިސޯޓް ވިއްކާލުމުގެ ހުއްދަ 2015 ވަނަ އަހަރު ސިވިލް ކޯޓުން އެސްބީއައިއަށް ދީފައިވަނީ ދޮޅިޔަދޫ އިންވެސްޓްމަންޓުން ނަގާފައިވާ ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ނުދެއްކުމުންނެވެ.

ގަސްވެލިދޫ ވިއްކާލަން އިއުލާންކޮށްފައިވަނީ 17 މިލިއަން ޑޮލަރަށެވެ. އެ ރިސޯޓް ވިއްކާލުމުގެ ހުއްދަ ކޯޓުން ދިނީ އަލްފާ ކިނަމް ހޯލްޑިންގާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ފަރާތަކަށް ދޫކުރި 35 މިލިއަން ޑޮލަރު ނުދެއްކުމުންނެވެ.

ދޮޅިޔަދޫ ރިސޯޓާއި ގަސްވެލިދޫ ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެސްބީއައިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން