އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހޭކަމަށް ބުނެ، އޯއައިސީގައި އޮތް އެމަނިކުފާނުގެ މުސްތަގްބަލް ހަލާކުކޮށްލީ ކާކުކަން އެނގިވަޑައިގަންނަވާ ކަަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އޭނާ އޯއައީސީގެ މަޤާމުގައި ހުންނަވައިގެން ޤައުމުގެ ދާހިލީ ކަންކަމާއި ބެހޭގޮތުން ވާހަކަދައްކައިގެންް އިދިކޮޅުން ފާޑުކީއިރު، އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން އަބްދުﷲ ޝާހިދު ކެމްޕެއިން ކުރައްވާއިރު އެކަމާއި ބަޔަކު އަޅާނުލާކަމަށް ވިދާޅުވެއެވެ.

ޝަހީމް ވިދާޅުވީ މިނިސްޓަރ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ދާހިލީ ކަންކަމާއިވެސް ބެހެވޭކަމަށާއި، އަދި ސިޔާސީ ކެމްޕެއިންވެސް ކުރެވޭކަމަށެވެ. ނަމަވެސް އޯއައިސީގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށް ބުނެ ރާއްޖޭގެ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންވެސް އޭނާއަށް ފާޑު ވިދާޅުވިކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިނިސްޓަރ ޝާހިދަށް ޔޫއެންގެ ރައީސްގެ މަޤާމްގައި ހުންނަވައިގެން ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހެވޭ. ކެމްޕެއިންވެސް ކުރެއްވޭ. އެކަމަކު އަޅުގަނޑު އޯއައިސީގެ މަޤާމެއްގައި ހުރިއިރު ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭކަމަށް ބުނެ މަޖިލިސްގައި އެމްޑީޕީގެ އިސްވެރިން ފާޑު ވިދާޅުވި." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާއަށް ފާޑުވިދާޅުވުމުގެ އިތުރުން، އޯއައިސީގައި އޭނާގެ ޝަކުވާކޮށް، އޭނާގެ މުސްތަޤްބަލް ހަލާކުކޮށްލިކަމަށެވެ. އަދި އެކަން ކުރީ ކޮންބައެއްކަމާއި އެކަމުގެ ފަހަތުގައި ހުރީ ކާކުކަންވެސް އެނގިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އޯއައިސީ ތެރޭގައި އަޅުގަނޑުގެ މުސްތަޤްބަލް ހަލާކު ކޮށްލި. ޝަކުވާ ކުރީ ކާކުކަމާއި އެކަމުގެ ފަހަތުގައި ހުރީ ކާކުކަންވެސް އަޅުގަނޑަށް އެނގޭ. މިހުރީ އިންސާފާ ހަމަހަމަކަން އޮތް ގޮތް." ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމަށް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެހިގެންދިޔައީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ޝަހީމް އެމަޤާމުގެ ދައުރު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ 2020 ވަނަ އަހަރު އެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހަސީނާ

18-Jan-2022

ދެން ރޯނެކަމެއްނެއި!


5

ސަޚީމާ

18-Jan-2022

ޟަހީމު ހާދަ ފިނޑިއޭ ދެއްތޯ އެކަންކުރި މީހެއްގެ ނަން ބުނަން ނުކެރުނު! ތިޔަކަހަލަ ސިޔާސީ މީހުން ތިބެންވީ ހަނު


2

ބނކއ

16-Jan-2022

ސާހިދުއަކީ ރާއްޖޭގެ ފޮރިންމިނިސްޓަރ. އެމަނިކްފާން މިހާރު ވަޑައިގެން އެއުޅުއްވަނީ ރަސްމީ ދަތުރުފުޅުގައި ޗައިނާ ފޮރިންމިނިސްޓަރާ ބައްދަލުކުރުމަށް- އޭގެފަހުން ދިވެހި ރައްޔިތުންނާ ބައްދަލްކުރުމަކީ މައްސަލައެއްނޫންތޯ


1

ސޯނި

15-Jan-2022

އެމީހުން ތަކުރާރުކޮށް ސިޔާސީ ކަންކަމާ ދުރުވާން ބުނި ހަނދާން ނުވަނީތޯ؟



ޓްރެންޑިން