އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރީގައި ޓަވަރެއް އެޅުމަކީ އެމަނިކުފާނަށް ވެސް އެއްވެސް ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމަކީ "ސަޅި" ވާހަކަފުޅެއް ނޫން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެެވެ.

އާއްޓޭ މިހެން ވިދާޅުވީ، ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި، ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލަށް ފާޑުވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެެވެ. ރައީސް ސޯލިހް ވިދާޅުވީ ފަސް ޓާޝާރީ ހޮސްޕިޓަލުގެ ފައިސާ ޚަރަަދުކޮށްގެން އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް އެޅުމަކީ އެމަނިކުފާނަށް ވެސް އެއްވެސް ކަމެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވީ 25 ބުރީގެ އިމާރާތެއް ނުވަތަ ޓަވަރެއް އެޅުން އެއީ އެއްވެސް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވުން އެއީ އެހާ "ސަޅި" ވާހަކައެއް ނޫން ކަމަށެވެ.

"25 ބުރީގެ އިމާރާތެއް/ ޓަވަރު އެޅުން އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނުން އެއީ އެހާ ސަޅި ވާހަކައެއްނޫން." އެމްޑީޕީގެ މެންބަރު އާއްޓޭ ވިދާޅުވިއެވެ.



ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭނަށް ކޮމަންޑުލަށް ވަޑައިގެން އެރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އައިޖީއެމްއެޗް ކައިރީގައި އަޅާ ޓަވަރުން އެހޮސްޕިޓަލުގެ ކިޔޫ ދިގުވެ އާސަންދައަށް ކުރާ ބާރު ބޮޑުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި އެ ޓަވަރުގެ ސަބަބުން ރައްޔިތުން ސިއްހީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށާއި އެކަމަށް ހޭދަކުރަންޖެހޭ ވަގުތަކަށް ބަދަލެއް ނާންނަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ޓަވަރެއް އެޅުމުގެ ބަދަލުގައި ކުރަންވީ ލާމަރުކަޒުކޮށް އެކި ސަރަހައްދުތަކުން ޚިދުމަތް ލިބޭގޮތް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އަދި މަައްޗަށް އެއާ ދިމާލަށް ބަލަންވެސް ހުރެވިދާނެ އެއްވެސް ކަމެއް ނޫން އެއީ. އަޅުގަނޑަށް އެ ތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ދެވިދާނެ. ވިސްނާލަންވީ އޭގެން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންނަށް ކުރާނީ ކޮންފައިދާއެއްތޯ.؟" އައިޖީއެމްއެޗް ކައިރީގައި ރައީސް ޔާމިންގެ ސަރުކާރުން ބޮޑު ޚަރަދުކޮށްގެން އަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު