މާދަމާއިން ފެށިގެން ޕެޓްރޯލްގެ ކޮންޓްރޯލަށް ލުޔެއް ލިބޭނެކަމަށް ލަފާކުރައްވާކަމަށް ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ބުނެފިއެވެ.

ރާއްޖެއަށް ތެއު އެތެރެކުރާ ބައެއް އެހެން ކުންފުނިތަކުން ޕެޓްރޯލް ހުސްވުމާއި ގުޅިގެން އެފްއެސްއެމަށް ޑިމާންޑް ބޮޑުވެ، އެ ކުންފުނިން ވަނީ ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފައެވެ.

އެފްއެސްއެމުން ބުނާގޮތުން މިދިޔަމަހުން ފެށިގެން އެ ކުންފުނީގެ ޕެޓްރޯލަށް އޮންނަ ޑިމާންޑް ދިޔައީ އުފުލެމުންނެވެ. އެގޮތުން ޑިސެމްބަރުމަހު އެކުންފުނިން އަންދާޒާކުރި މިންވަރަށްވުރެ 41 އިންސައްތަ އިތުރަށް ފެޓްރޯލް ވިއްކިފައި އެބަހުރިކަމަށް އެފްއެސްއެމުން ބުނެއެވެ.

އެފްއެސްއެމުން ބުނީ ޕެޓްރޯލް ވިއްކުމުގައި މިހާރު ގެންގުޅޭ ކޮންޓްރޯލްކުރުމަށް، މިމަހުގެ 7 ވަނަ ދުވަހުގެ ފަހުން ލުޔެއްދެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިހާރުވެސް ރާއްޖެއަށް ދަތި ނުވާވަރަށް އެކުންފުނީގައި ތެޔޮ އެބަހުރި ކަމަށާއި އެހެން ނަމަވެސް ކުއްލިއަކަށް އެހާ ގިނަ ޢަދަދެއްގެ ބަޔަކު އެކުންފުނިން ތެޔޮ ގަންނަމުން ދިޔުމުގެ ސަބަބުން ކޮންޓްރޯލްކުރުމެއް ގެންގުޅެން ޖެހޭކާމަށެވެ.

އެފްއެސްއެމުން ބުނީ ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަމުންދަނީ އެކުންފުނިން ހޯލްސޭލްކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން