ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ހަބެއް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހާމަކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނީ އެސްއެމްއީ ހަބްގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ފަށައި ގަންނަ ވިޔަފާރިތަކަށް ތަކެތި މާކެޓްކުރަން އެހީވެދީ، އެތަކެތި ވިއްކޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

އޯކިޑް މަގާއި ޗާންދަނީ މަގާއި ގުޅޭ ހިސާބުގައި ހުންނަ އެލައިޑު އިމާރާތުގައި ހުޅުވަން މަސައްކަތްކުރާ މި އެސްއެމްއީ ހަބުގައި ކުދި ވިޔަފާރިތަކަށް ކިއޯސްކެއް ނުވަތަ ސްޓޯލެއް އެރޭންޖު ކޮށްގެން ތަކެތި އަމިއްލައަށް ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށް ބީސީސީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ފަށައިގަންނަ ވިޔަފާރިތަކުން އަމިއްލައަށް ތަންތަން ކުއްޔަށް ހިފައިގެން ވިޔަފާރިކުރަންޖެހޭ ކުރުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ބީސީސީން ބުނެއެވެެ.

"އަޅުގަނޑުމެން މިދެނީ ކުޑަ އަގެއްގައި ޕްރޮޑަކްޓުގެ ޓްރައަލް މަރުހަލާ ކުރިއަށް ގެންދިޔުމަށް،" ބީސީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހަބްގައި ތަފާތު އެކި ކަހަަލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އާޓިސްޓުން ވެސް ޚާއްސަ ސަރަހައްދެއް 3 ފަންގިފިލާއަށް ހަދާ މިހަބްގައި ޤާއިމްކުރާނެއެވެ. މީގެއިތުރުން ކެފޭއެއްގެ ޚިދުމަތާއި އެއް ފަހަރާއި 15 ވަރަކަށް މީހުންނަށް ފިލްމު ބަލާލެވޭ މިނީ ސިނަމާއަކާއި އާރޓު ގެލެރީއެއްވެސް ހުންނާނެކަމަށް ބީސީސީން ހާމަކުރެއެވެ.

އެސްއެމްއީ ހަބްގައި ތަކެތި ވިއްކާ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކާއެކު އެއްބަސްވުންތައް ޤާއިމްކުރުމަށް ހަަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެސްއެމްއީ ހަބްގައި މުދާ ވިއްކުމަށާއި ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ކުދި ވިޔާފާރިތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން