ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއަރ ޓްރެފިކް މޫވްމަންޓްގެ އައު ރެކޯޑެއް ގާއިމްކޮށްފިއެވެ.
އެއަރ ޓްރެފިކް މޫވްމަންޓަކީ އެއަރޕޯޓަށް މަތިންދާ ބޯޓު ޖައްސާ، އަދި އެއަރޕޯޓުން މަތިންދާ ބޯޓު ނައްޓާލާ އަދަދު ހާމަކޮށްދޭ މައުލޫމާތެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ އިއްޔެ އެއަރޕޯޓްގައި ރެކޯޑް އަދަކަށް އެއަރ ޓްރެފިކް މޫވްމަންޓް އޮތްކަމަށެވެ. އެގޮތުން ރަންވޭގައި 223 މޫވްމަންޓް އޮތްއިރު، ސީ ޕްލޭން ޓަރމިނަލްގައި 593 އެއަރ ޓްރެފިކް މޫވްމަންޓް އޮތްކަމަށް އެއާޕޯޓް ކުންފުނިން ބުނެއެވެ. އެހެންކަމުން އެއަރ ޓްރެފިކް މޫވްމަންޓް އިއްޔެ ޖުމްލަ 826 އަށް އަރާފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މިއީ ވެލާނާ އެއާޕޯޓުގެ އައު ރެކޯޑެއްކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.
އެންމެފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއަރ ޓްރެފިކް މޫވްމަންޓްގެ އައު ރެކޯޑެއް ގާއިމްކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ. އެއީ 811 އެއަރ ޓްރެފިކް މޫވްމަންޓެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދިނުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް އެމްއޭސީއެލުން މީގެކުރިން ބުނެފައި ވެއެވެ.
އެމް.އޭ.ސީ.އެލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހީމް ތޯހާ ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރެއްގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދިނުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

We are pleased to announce that on January 2, 2022, @VelanaAirport set a new air traffic movement record.
— Maldives Airports Company Ltd - MACL (@MACLmedia) January 3, 2022
There were 233 runway movements and 593 seaplane movements.
A total of 826 movements were made, setting a new record.
The previous record was 811, on January 5, 2020. pic.twitter.com/89JY13dFVk
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދިނުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް އެމްއޭސީއެލުން މީގެކުރިން ބުނެފައި ވެއެވެ.
އެމް.އޭ.ސީ.އެލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހީމް ތޯހާ ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރެއްގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދިނުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު