ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދިނުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލުން ބުނެފިއެވެ.
އެމް.އޭ.ސީ.އެލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހީމް ތޯހާ ވިދާޅުވީ ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ އިތުރުވުމަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމަށް މި ސިނާއަތުގެ ހުރިހާ ފަރާތްތައް ގުޅިގެން ކުރިމަސައްކަތުގެ ފަހުރުވެރި ނަތީޖާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރެއްގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދިނުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް ޤަބޫލުކުރެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
ތާހާ ވިދާޅުވީ މިކަންކަމާއެކު ކޯވިޑުގެ ބަލިމަޑުކަމާއިއެކު ވެސް ދަތުވެރިންގެ ރައްކާތެރިކަމަށް އެއަރޕޯޓުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ އޭ.ސީ.އައިގެ ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓްވެސް ލިބިފައި ކަމަށާއި މިއީ އޭޝިޔާ ޕެސިފިކް ސަރަހައްދުން މި އެވޯޑް ލިބުނު ދެވަނަ އެއަރޕޯޓު ކަމަށް ތޯހާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ ކޯވިޑުގެ ކުރީގެ އަދަދުތަކާއި ގާތްކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިއާއަށް މަރުޙަބާ ކިޔާއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްކަމަށްވެސް ތޯހާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ހިތްގައިމު މަންޒިލަކަށް ހެދުމަށް މިސިނާއަތުގައި މަސައްކަތްކުރާ ބައިވެރިން ކުރަމުން އަންނަ މިންނެތް މަސައްކަތައް އިޚްލާސްތެރިކަމާއި އެކު އޭނާ ޝުކުރުއަދާ ކުރެއްވިއެވެ.
2022 ވަނަ އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ، އިނގިރޭސިވިލާތުގެ ޖޯޖީނާ ކެނިންގް، އަށް މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ/ވިޒިޓް މޯލްޑިވްސް)ގެ އިސްވެރިންގެ އިތުރުން، އިމިގްރޭޝަން މޯލްޑިވްސާއި، މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ފާހަގަކޮށްލެވޭ ގިނަ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޯޖީނާ ދިވެހިރާއްޖެއަށް އައިސްފައިވަނީ ގަލްފްއެއަރގެ ފްލައިޓެއްގައި މިއަދު ހެދުނު 6:10 ގައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ބައިވެރިޔާއާއެކު ޗުއްޓީ ހޭދަކުރުމަށެވެ. މިއީ ޖޯޖީނާ ރާއްޖެ ޒިޔާރަތްކުރި 2 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު