ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ކުރަމުންދާ ފަރާތްތަކުން މަރާމާތުގެ އެއްވެސް މަސައްކަތެއް ރޭގަނޑު ނުކުރަން އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ހިޔާ ފްލެޓްގައި ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މަސައްކަތްކުރުން މަނާކޮށްފައިވަނީ ހިޔާ ފުލެޓު ތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އަދި، 1 ޖެނުއަރީ 2022 އިން ފެށިގެން، ގާކުނި އަދި އެ ޒާތުގެ އެހެނިހެން ކުނި އުކާލަންޖެހޭނީ އެ ފުލެޓެއްގެ ވެރިފަރާތުން، އެކަމަށް ޚާއްސަ ކުރެވިފައިވާ މުއައްސަސާ ތަކާއި ގުޅިގެން ކަމަށް ކުރިން ބުނެފައި ވީނަމަވެސް ހިޔާ ސަރަހައްދުގެ މަގުތައް ހަދާ ނިމެންދެން އެގޮތަށް އަމަލު ކުރުން ފަސްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވުމުން އެފަރާތްތަކަށް ދިމާވާ ދަތިތައް ކުޑަ ކުރުމަށްޓަކައި، ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން ވީހާވެސް އަވަހަށް ފުލެޓުގެ އެތެރޭގެ މަސައްކަތްތައް ނިންމައި އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ކުރުމާއި ގުޅިގެން، ފުލެޓުތަކުގެ އެތެރޭގެ މަސައްކަތް ކުރުމަށް މިހާތަނަށް ދޫކުރެވިފައިވާ ހުއްދައިގެ މުއްދަތު 31 މާޗް 2012 އާއި ހަމަޔަށް ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު