ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙަށް ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލް ފާޑުވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އޭނާއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބަހުގެ ހޫނު ހަމަލާއެއް އިދިކޮޅު ޕީޕިއެމްގެ އެޑްވައިޒަރު ޑރ. މުހަންމަދު ޖަމީލަށް އަމާޒުވީ ރައީސް ސޯލިހަކީ ލިޔެފައި އޮންނަ އެއްޗެއް ގަނޑު ބަލައިގެންވެސް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ދެވަނަ ދައުރެއްގެ ހުވަފެން ދުށުމަކީ ދިވެހިންނަށް ކުރާ ފުރައްސާރައެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެެވެ.
ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލަށް ފާޑުވިދާޅުވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ޑޮކްޓަރު ފާސް އަޅައިގެން ޖަމީލު ގަނޑު ބަލައިގެން "ކޮހެއް" ނޫނީ މިހާތަނަށް ގޮވާފައި ނެތް ކަމަށާއި، ރައްޔިތުންނަށް ލަނޑެއް ނޫނީ މިހާތަނަށް ޖަމީލު ދީފައިނުވާ ކަމަށެވެ. އަދި މަޖިލިސް މެމްބަރު ކަމަށް ޑރ. ޖަމީލް ކުރިމަތިލެއްވުމުން ރައްޔިތުން ބަލައިނުގަތް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެެވެ.
ރޮޒައިނާ އެވިދާޅުވި ފަދައިން 2019 ގެ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވައިގެން ޑރ. ޖަމީލު ވަނީ ބޮޑުތަނުން ބަލިވެވަޑައިގެންފައެވެ. ޖަމީލު ރައީސް ޞާލިހުގެ ސަރުކާރާއި ދެކޮޅަށް ނުކުމެވަޑައިގެންނެވީ މަޖިލިސް ގޮނޑިއަށް ކުރިމަތިލައިގެން ބޮޑުތަނުން ބަލިވެވަޑައިގެންނެވި ފަހުންނެވެ.
"ރައީސް ސާލިޙަކީ ރައްޔިތުން ލޯބިވާ ރައީސެއް، ތިބޭފުޅާ (ޑރ. ޖަމީލް) އަށް ކޮންސެޕްޓް ވެސް ގެޓެއް ނުވާނެ." ތަޖުރިބާކާރު ގާނޫނީ ވަކީލު، ޑރ. ޖަމީލަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސާލިޙަށް ޑރ. ޖަމީލް ފާޑުވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެެނެސްދިނުމަށް ދެވަނަ ދައުރެެއްގައި އެމަނިކުފާނު ރައީސްކަން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވުމުންނެވެ. އެކަމާ ގުޅިގެން ޑރ. ޖަމީލް ވަނީ މި ސަރުކާރަކީ ވައި ހުސްވެފައި އޮތް ޓަޔަރު ގަނޑެއްގެ ގޮތުގައި ސިފަކުރައްވައިި ރައީސް ސާލިޙަކީ ރާއްޖެ މިހާތަނަށް ދުށް އެންމެ ތަންދޮރު ނުދަންނަ ރައީސް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. ޖަމީލު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ގާތް ކުރެވޭ ވަރުގެ ސިޔާސީ ލީޑަރަކު ވެސް ނެތް ކަމަށެވެ. ޑރ. ޖަމީލް ރައީސް ސޯލިޙަށް ފާޑުވިދާޅުވިއިރު އެމަނިކުފާނުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ޖަމީލް ވެސް ވަނީ މަސަައްކަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު