ބޭރު ގައުމެއްގެ ސިފައިން ނެތި މި ޒަމާނުގައި ގައުމެއް ތަރައްގީއެއް ނުކުރެވޭނެކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ކެލާ ދާއިރާގެ މެމްބަރު ވަނީ ސިޔާސީ ހަމަޖެހުމާއި، އަދި ބޭރުގައުމެއްގެ ސިފައިން ނެތި ފަހުގެ ތާރީހެއްގައި ތަރައްގީކުރެވުނު އެއްވެސް ގައުމެއް މިދުނިޔޭގައި އެބައޮތްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި އޭގެ މިސާލު ތަކުގެ ތެރޭގައި ސިންގަޕޫރު، ކޮރެއާއި، ޖަރުމަން، ޖަޕާން، ދުބައި އަދި ގަތަރު ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.



ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު ސަރުކާރުން ބުނަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ސަރުކާރުގެ ތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ކަންތައްތަކެއްކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގައި ނުރައްކާތެރި ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ އެބައޮތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު