ކ. ތިލަފުށީގައި އިމާރާތްކުރަމުންދިޔަ ތަނަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އެތަނުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.
އައިޖީއެމްއެޗުން ބުނީ އެމީހާ މިއަދު ހެނދުނު 10:00 ހާއިރު ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައިކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހާ ވެއްޓުނީ 40 ވަރަކަށް ފޫޓް މަތީގައި ހުރި ޖުންގެއްގެ މަތިންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު