އާއިލާގެ އެދުމަށް ދަރިފުޅުގެ ފޮޓޯ އާންމު ނުކުރުމުން އަނުޝްކާ މީޑިއާތަކަށާއި އާންމުންނަށް ޝުކުރު އަދާކޮށްފިއެވެ.

އަނުޝްކާ ޝަރްމާ އަދި ވިރާތު ކޮހްލީ އަކީ އެތައް ބައެއްގެ ލޯބިލިބެމުންދާ މަޝްހޫރު ދެމަފިރިންނެވެ. އެކަކީ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. އަނެކަކަކީ މޮޅު ފިލްމީ ތަރިއެކެވެ.

މިދެމީހުންގެ ކައިވެންޏަށްފަހު، އެންމެ ގިނަބަޔަކު އަޅައިގަތް ހަބަރަކަށްވީ މިދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބެން އުޅޭ ހަބަރެވެ. އެއަށްފަހު ދަރިފުޅު ލިބުމާއެކު ދަރިފުޅުގެ ފޮޓޯ އާންމު ނުކުރުމަށް އަނުޝްކާ އަދި ވިރާޓުވެސް މީޑިއާތަކުގައި އެދިފައިވެއެވެ.

އެގޮތުން މިދެމަފިރިންގެ ފުރަތަމަ އަންހެން ދަރި، ވާމިކާއަށް އުމުރުން އަހަރެއް ވާން ގާތްވެފައިވާއިރުވެސް، އެއްވެސް ގޮތަކުން މޫނު ރީތިކޮށް ހާމަވާގޮތަށް ފޮޓޯއެއް އަދި އާންމުކޮށްފައެއްނުވެއެވެ. މިކަމަށް ޝުކުރު އަދާކޮށް މީޑިއާތަކުންނާއި އެދެމަފިރިންގެ ފޭނުންގެ ފަރާތުން ލިބެމުންދާ އިހުތިރާމް ބަލައިގަންނަކަން އަނުޝްކާ ވަނީ ބުނެފައެވެ. އަދި ދަރިފުޅުގެ ފޮޓޯތައް އާންމު ނުކުރުމަށް ނިންމީ، މީޑިއާތަކާ ދުރުގައި ވީހާވެސް ނޯމަލް ދިރިއުޅުމަކަށް ދަރިފުޅު ހޭނުމަށްކަމަށް އަނުޝްކާ ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން