މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ އަންހެނުން ޖޯޖިނާއަށް ލިބޭ އެއްމާބަނޑު ދެކުދިންގެ ޖިންސު ހާމަކޮށްފިއެވެ.

ރޮނާލްޑޯއަށް ލިބޭ ދެ ކުދިންގެ ޖިންސް ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލި އާއިލީ ވީޑިއޯއެއްގައެވެ.

ޖޯޖިނާ ބަލިވެ އިންކަން މިދިޔަ އޮކްޓޫބަރުމަހު ހާމަކޮށްފައިވާއިރު، ރޮނާލްޑޯ އިއްޔެ އާއްމުކުރި ވީޑިއޯއިން ފެންނަގޮތުން ރޮނާލްޑޯއާއި ޖޯޖިނާއަށް ލިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ރޮނާލްޑޯއަށް ލިބޭ އެއްމާބަނޑު ދެކުދިންގެ ޖިންސް ހާމަކޮށްދިނީ ރޮނާލްޑޯގެ 4 ދަރިންނެވެ.

ރޮނާލްޑޯގެ ހަތަރު ކުދިން ތިބޭއިރު ދޮށްޓަށް ހުންނަ 11 އަހަރުގެ ފިރިހެން ކުއްޖާގެ މަންމައަކީ ކާކުކަމެއް މީޑިއާތަކަކަށް ނޭނގެއެވެ. މީގެއިތުރުން ރޮނާލްޑޯގެ ފެރެޓާނަލް ޓްވިންސް ނުވަތަ ތަފާތު ދެ މީހެއްގެ ދަރިފަނި ލައިގެން އުފަންކޮށްފައިވާ އެއްމާބަނޑު ދެކުދިން ވެސް ތިބެއެވެ. އަދި މިހާރު އިނދެގެން އުޅޭ ޖޯޖިނާއަށް 4 އަހަރުގެ އަންހެން ކުއްޖެއް ހުރެއެވެ. އެހެންކަމުން ރޮނާލްޑޯގެ މިހާރު 2 އަންހެންކުދިންނާއި 2 ފިރިހެން ކުދިން ތިބިއިރު، ދެން ލިބޭ 2 ކުދިންނާއެކު 3 އަންހެން ކުދިންނާއި 3 ފިރިހެން ކުދިން ހަމަވީއެވެ.

ރޮނާލްޑޯއަށް އިތުރު ދެ ކުދިން ލިބޭތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އޭނާއަށް ތަހުނިޔާ ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން