ކެޓްރީނާގެ ކައިވެނީގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން އޭނާގެ ކުރީގެ ލޯބިވެރިއާ ސަލްމާން ޚާން އަގުބޮޑު ހަދިއާއެއް ދީފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލްމާން ކެޓްރީނާއަށް ހަދިޔާ ކުރީ އަގުބޮޑު ކާރެކެވެ. ރޭންޖް ރޯވާ ބްރޭންޑުގެ މިކާރުގެ އަގު 3 ކަރޯޑް ރުޕީސަށް އަރާނެކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކެޓްރީނާ އަދި ވިކީ ކޯޝަލް ކައިވެނި ކޮށްފައިވަނީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. މިދެތަރިންގެ ކައިވެނީގެ ހަފްލާއިން ސަލްމާން ފެނިގެން ނުދިޔަ ނަމަވެސް ގާތް އެކުވެރިއެއްގެ މިސާލު ދައްކައި ކައިވެނީގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ސަލްމާން ދިނީ އަގުބޮޑު ހަދިޔާއެކެވެ.

ސަލްމާން އަދި ކަޓްރީނާގެ ލޯބީގެ ވާހަކަތަައް ހަބަރުތަކުގެ ފަލަ ސުރުހީ ތަކުން ފެނިގެން ދިޔަނަމަވެސް، މިދެތަރިންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ވަނީ މީގެ އަހަރުތަކެއް ކުރިން ނިމުމަކަށް އައިސްފައެވެ. މިދެތަރިންގެ ލޯބީގެ ގުޅުން ނިމުމަށްފަހުވެސް ގާތް ދެއެކުވެރިންގެ ގޮތުގައި ފެނިގެންގޮސްފައިވެއެވެ.

އެގޮތުން ސަލްމާން ވަނީ އޭނާގެ ބޮޑީ ގާޑުންގެ ކުންފުނި މެދުވެރިކޮށް ކެޓްރީނާ އަދި ވިކީ ކޯޝަލް ގެ ކައިވެނީގެ ހަފްލާއަށް ސެކިއުރިޓީވެސް ހަމަ ޖައްސައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން