އައުޑީ ކާރު އިންޑިއާގެ ފުރަތަމަ އަންހެން އެމްބެސެޑަރ ކަމަށް ފިލްމީތަރި ކިއަރާ އަދްވާނީ ހަމަޖައްސައިފިއެވެ.

ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ އައުޑީ، އިންޑިއާގައި ލޯންޗުކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. އެއާއެކު މިކުންފުނިން އެންމެ ފަހުން ރިލީޒް ކުރާ ކޮންމެ ކާރެއްވެސް އިންޑިއާއިން ފަސޭހައިން ގަންނަން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.

އައުޑީ ކުންފުނި އިންޑިއާއިން ވަނީ އެކުންފުނީގެ ފުރަތަމަ އަންހެން އެމްބެސެޑަރ ކަމަށް ފިލްމީތަރި ކިއަރާ އަދްވާނީ ހަމަޖައްސައި މީސްމިޑިއާގައި މިކަން އިއުލާންކޮށް، ކިއާރާއަށް މަރުހަބާވެސް ކިޔާފައެވެ.

ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑު ބޮޑު ބަތަލާ ކަމަށްވާ ކިއާރާ އަކީ އައުޑީ ކާރު އިންޑިއާގެ އިތުރުން ގިނަ ބްރޭންޑްތަކެއްގެ އެމްބެސެޑަރވެސްމެއެވެ. އަދި ކިއާރާ ވަނީ ބައިނަލް އަގުވާމީ ގޮތުން އެންމެ ޑިމާންޑު އޮތް އެކްޓަރުންގެ ލިސްޓުގެ ފުރަތަމަ 10 އެކްޓަރުންގެ ތެރޭގައިވެސް ހިމެނިގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން