ބޮލީވުޑްގެ މަޝްހޫރު ފިލްމް ތަރި ކަރީނާ ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވިކަން އިންސްޓަރގްރަމް ގައި ހިއްސާކޮށްފައެވެ. ކަރީނާ ހާމަކޮށްފައިވާގޮތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވިއިރު، ކަރީނާ، އަދި މުޅި ކަރީނާގެ އާއިލާގެ އިތުރުން އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ތިބީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައެވެ.

ޕޮޒިޓިވް ވުމާއިއެކު އެކަހިރިވެ ހުރިކަމަށްވެސް ކަރީނާ ބުންޏެވެ. އަދި ހާލު ރަނގަޅުކަމަށްވެސް އޭނާގެ އިންސްޓަރގްރަމް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. ކަރީނާ ވަނީ އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ އެންމެން ކޮވިޑް ޓެސްޓު ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކަރީނާ ކަޕޫރްގެ އިތުރުން، އޭނާގެ ގާތް އެކުވެރިއެއް ކަމަަށްވާ އަމްރިތާ އަރޯރާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ އިއުލާންކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، ކޮވިޑުން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގަވާއިތުތަކާއި ހިލާފަށް ކަރީނާ އަދި އަމްރިތާ ވަނީ މިފަހަކުންވެސް ޕާޓީކޮށްފައެވެ. އަދި މިފަދައިން ކޮވިޑްގެ އުސޫލްތަކާ ހިލާފަށް ޕާޓީކޮށް އުޅުމަކީ މިދެތަރިންނާއި އެކު އުޅޭ ރައްޓެހިންގެ މެދުގައި އާންމުކަމެއްކަމަށްވެސް އިންޑިއާގެ ގިނަ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން