މިއަހަރުގެ މިސް ޔުނިވަރސް ތާޖު އިންޑިއާގެ ރީތީގެ ރާނީ ހަރްނާޒް ސަންދޫ ކާމިޔާބުކޮށްފިއެވެ.

މިއީ އިންޑިއާއިން މިސް ޔުނިވަރސް ތާޖު ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. އިންޑިއާގެ ޕަންޖާބަށް އުފަން ހަރްނާޒް ސަންދޫ، މިސް ޔުނިވަރސް ތާޖު ކާމިޔާބުކޮަށްފައިވަނީ އުމުރުން އެންމެ 21 އަހަރުގައެވެ.

މިސް ޔުނިވަރސްގެ ތާޖު އެންމެ ފުރަތަމަ އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ 1994 ވަނަ އަހަރުއެވެ. އެއަހަރުގެ މިސް ޔުނިވަރސް އަކަށް ހޮވިފައިވަނީ ފިލްމީތަރި ސުޝްމިތާ ސެންއެވެ. އެއަށްފަހު އިންޑިއާގެ ރީތީގެ ރާނީއަކަށް މިކާމިޔާބީ ލިބިފައިވަނީ 2000 ވަނަ އަހަރުއެވެ. އެގޮތުން 2000 ވަނަ އަހަރުގެ މިސް ޔުނިވަރސް އަކަށް ހޮވިފައިވަނީ ފިލްމީތަރި ލާރާ ދައްތާއެވެ.

މިއަހަރުގެ މިސް ޔުނިވަރސް ތާޖުގެ ކާމިޔާބީއާއެކު އިންޑިއާގެ ރީތީގެ ރާނީ ހަރްނާޒް ސަންދޫއަށް މަރުހަބާ ކީ ފަރާތްތަކުގެ ތެރޭގައި ލާރާ ދައްތާގެ އިތުރުން، ކުރީގެ މިސް ވޯލްޑް، ޕްރިޔަންކާ ޗޯޕްރާ ވެސް ހިމެނެއެވެ.

މިއަހަރުގެ މިސް ޔުނިވަރސް މުބާރާތް ބާއްވާފައިވަނީ އިޒްރާއީލުގައެވެ. އަދި މިއީ މިސް ޔުނިވަރސް ސިލްސިލާގެ 70 ވަނަ މުބާރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން