ސައުންޑް ކްލަައުޑުގައި އެންމެ ގިނަބަޔަކު އަޑުއެހި ލަވަޔަކަށް، މަޝްހޫރު ކޭޕޮޕް ބޭންޑް، ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޖިމިންގެ "ޕްރޮމިސް" ހިމެނިއްޖެއެވެ.

ލަވަ އަޑުއެހުމަށް ހާއްސަކޮށްފައިވާ އެޕް، ސައުންޑް ކްލަައުޑުން ޖިމިންގެ '"ޕްރޮމިސް" ލަވަ 300 މިލިއަނަށްވުރެ ގިނަފަހަރު ސްޓްރީމްކޮށްފައިވާކަމަށް ސައުންޑް ކްލަައުޑް ކުންފުނިން ހާމަކޮށްފައިވެއެވެ. މިއީ މިލަވައަށް ސައުންޑް ކްލަައުޑް މެދުވެރިކޮށް ލިބުނު މިފަދަ ދެވަނަ ކާމިޔާބީއެވެ. އެގޮތުން މިލަވަ ވަނީ ސައުންޑް ކްލައުޑުގައި ރިލީޒް ކުރިތާ 24 ގަޑިއިރުތެރޭގައި އެންމެ ގިނަބަޔަކު ސްޓްރީމް ކުރި ލަވައަށްވެސް ވެގެންގޮސްފައެވެ.

ޖިމިންގެ ސޯލޯ ލަވައެއްކަމަށްވާ ޕްރޮމިސް އަކީ އޭނާ އަމިއްލައަށް ކޮމްޕޯސްކޮށް ލިޔެފައިވާ ލަވައެކެވެ. މިލަވަ ރިލީޒް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ސައުންޑް ކްލަައުޑްގައެވެ.

ޕްރޮމިސް، މިލަވައަކީ އަމިއްލަ ނަފްސުދެކެ ލޯބިވުމަށް ހަނދާންކޮަށްދޭ މާނަފުން ލަވައެއްކަމަަށް އޭނާގެ ގިނަ ފޭނުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން