މުނިފޫހި ފިލުވުމުގެ ނަމުގައި އެކި ގައުމުތަކުން އާދަޔާ ހިލާފު ކަންކަން ކުރަމުންދާއިރު ސައުދީ އަރަބިއްޔާގައި ބާއްވަމުން އަންނަ ޖަމަލުގެ ރީތީގެ މުބާރާތް މިއީވެސް ވަރަށް ވެސް ފާހަގަކޮށްލެވޭ ދިގު ތާރީޚެއް އޮތް ކަމެކެވެ.

ޖަމަލުގެ ރީތީގެ މުބާރާތަކީ، ޖަމަލު ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ޖަމަލުތަކުގެ ރީތި ކަމާއި ހުނަރުވެރިކަން ދައްކުވައިދިނުމަށް ސައުދީގައި ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. ވަރަށް ހަރުކަށި ގަވާއިދުތަކާއެކު ޖަމަލުގެ ރީތިކަން ދައްކުވައިދިނުމަށް ބާއްވާ މިމުބާރާތުގައި ބައިވެރިކުރާ ޖަމަލުތަކުގައި ބޭހުގެ ބާވަތްތަކާއި ކޮސްމެޓިކް ސާޖަރީ ފަދަ ކަންކަން ކުރުމަކީ ޖަމަލުގެ ރީތީގެ މުބާރާތުގައި ޖަމަލު ބައިވެރިކުރުމަށް އެޅޭ ހުރަހެކެވެ.

އެގޮތުން މިފަދަ އަމަލުތަކާއި ގުޅިގެން މިއަހަރު މުބާރާތުން 40 އަށްވުރެ ގިނަ ޖަމަލު ވަނީ މިމުބާރާތުން ޑިސްކޮލިފައިކޮށް، މުބާރާތުން ބޭރުކޮށްފައެވެ. ސައުދީގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި، މިއަހަރުގެ ޖަމަލުގެ ރީތީގެ މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާފައިވާ ޖަމަލުތަކުގެ ތެރެއިން ގިނަ ޖަމަލުތަކެއް ޑިސްކޮލިފައިކޮށްފައިވަނީ، އެޖަމަލުތައް އިތުރަށް ރީތިކުރުމަށް، ހޯމޯން ބޭނުން ކުރުމާއި، ބޯޓޮކްސް އިންޖެކްޝަން ޖަހައި މޫނު ރީތިކުރުމާއި، ޖަމަލުތަކުގެ ތުންފަތާއި ނޭފަތް ބޮޑުކުރުމަށް އެކިކަންކަން ކޮށްފައި ހުރުމުންނެވެ.

އާންމުގޮތެއްގައި ހާހެއްހާ ޖަމަލު ބައިވެރި ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ވަނަވަނައަށްދާ ޖަމަލު ހޮވަނީ ޖަމަލުގެ ރީތިކަމަށް ބަލައިގެންނެވެ. މުބާރާތުގައި އިންސާފު ކުރަނީ 19 ކެޓެގަރީ އަކުންނެވެ. މިމުބާރާތުގައި އިނާމުގެ ގޮތުގައި މިފަހަރުވެސް 66 މިލިއަން ޑޮލަރު ހޭދަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން