ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ކެޓްރީނާ ކައިފް ކައިވެނިކޮށް، ކައިވެނީގެ ފޮޓޯތައް އާންމުކޮށްފިއެވެ.

ކެޓްރީނާ ކައިވެނިކޮށްފައިވަނީ ފިލްމީތަރި ވިކީ ކޯޝަލް އާއެވެ. މިދެތަރިން ދެލޯބިވެރިންގެ ގޮތުގައި ގިނަ ދުވަސްތަކަކު އަޑުފެތުރެމުންދިޔަ ނަމަވެސް ދެމީހުންގެ ދެމެދުގައި ލޯބީގެގުޅުމެއް އޮންނަކަމަކަށް ރަސްމީކޮށް އެއްބަސްވެފައެއް ނުވެއެވެ. އަދި ކައިވެނީގެ ވާހަކަތަކަށްވެސް ރަސްމީކޮށް ބަހެއް ބުނެފައެއްނުވެއެވެ.

ނަމަވެސް ކައިވެންޏަށްފަހު ކެޓްރީނާ ވަނީ ކައިވެނީގެ ފޮޓޯތައް އާންމުކޮށް، ކެޓްރީނާ އަދި ވިކީ ކޯޝަލް ކައިވެނި ކުރިކަން ޔަގީންކޮށްދީފައެވެ. މި ފޮޓޯތަކާއެކު، ދެތަރިންގެ ފޭނުންގެ އިތުރުން ފިލްމީ ދާއިރާގެ އެތައްބަޔަކު ވަނީ މިދެތަރިންނަށް މަރުހަބާ ކިޔާފައެވެ.

ކެޓްރީނާ އަދި ވިކީ ކޯޝަލް ކައިވެނިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ރާޖަސްތާނު ސްޓޭޓް ސަވައި މަދޮޕޮރް ސިޓީގެ ސިކްސް ސެންސަސް ފޯޓް ބަވްރާ ހޮޓަލުގައެވެ. މިދެތަރިންގެ ކައިވެނީގެ ހަފްލާތައް 6 ދުވަހަށް ކުރިއަށް ދިޔަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން