ފްރާންސްގައި ކުރިއަށްދާ ގްލޯބަލް ލަގްޒަރީ އިވެންޓް އައިއެލްޓީއެމް ކޭންސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 6 އިން 9 އަށް ކުރިއަށްދާ މި ޓްރޭޑް ޝޯގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ 14 ކުންފުންޏަކުން ބައިވެރިވެއެވެ.

އައިއެލްޓީއެމް ކޭންސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުކޮށް، މަޝްވަރާތަކާއި، ނެޓްވޯކް ކުރުމުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމަށް މި ހަރަކާތުގެ ޒަރިއްޔާއިން ފުރުސަތު ލިބެއެވެ. މިއަހަރު އައިއެލްޓީއެމް ކޭންސްއަށް 95 ޤައުމަކަށް ނިސްބަތްވާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ.



މި ޓްރޭޑް ޝޯ ގައި ބައިވެރިވުމުގެ މަޤްސަދަކީ ދުނިޔޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަދި މިފަދަ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކާއި ބައްދަލުކޮށް، ރާއްޖެއިން މި ސެގްމެންޓަށް ދޭ ޚިދުމަތްތަކާއި، ތަފާތު ތަޖުރިބާތައް އެ ފަރާތްތަކާ ހިއްސާކުރުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފްރާންސާއި އެހެން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމެވެ.

މިއީ ފްރާންސްގެ މާކެޓަށް އެމްއެމްޕީއާރުސީން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ބައިވެރިވާ ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން