ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުން ގަޑިއިރަކަށްވުރެ ކުރު ދަތުރުތަކުގައި އެއްވެސް ބުއިމެއް ނުދޭން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިގޮތަށް ނިންމަން ޖެހުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮވިޑާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމައި އާންމުކުރި ސާކިއުލާއަކާއި ގުޅިގެންކަމަށް އެއަރލައިނުން ބުނެއެވެ.

މޯލްޑިވިއަނުން ޑޮމެސްޓިކް ދަތުރު ތަކުގައި މިހާތަނަށް ދެމުން އައީ ފެނާއި ޖޫސް އެކަންޏެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ގަޑި އިރަކަށްވުރެ ކުރު ދަތުރުތަކުގައި ޖޫހާއި ފެން ނުލިބޭނެއެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ގަޑިއިރަށްވުރެ ކުރު ދަތުރުތަކުގައި އެއްވެސް ބުއިމެއް ނުދޭން ނިންމިއިރު، ގަޑި އިރަކަށްވުރެ ގިނައިރުވާ ދަތުރުތައް އާންމުކޮށް ކުރަނީ އުތުރާއި ދެކުނުގެ ރަށްތަކަށެވެ. އެހެން ތަންތަނަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް ގަޑިއިރަކަށްވުރެ ކުރެވެ.


ކިޔުންތެރިންގެ ހިޔާލު


8

ސަމް

09-Dec-2021

އެހެންވިއްޔާ ވިއްސަކަށް ރުފިޔާ ޓިކެޓުން ކަނޑަން ޖެހޭނެ...



ޓްރެންޑިން