މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ، މައިޑްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.

ޑައިވް އަދި މޫދު ކުޅިވަރުތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ތަޖުރިބާތައް އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ފަރާތުން މިއެކްސްޕޯގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ.

މި އެކްސްޕޯ ކުރިއަށްދާނީ ޑިސެންބަރުމަހުގެ 3ވަނަ ދުވަހުން 5ވަނަ ދުވަހާއި ހަމައަށް މެލޭޝިޔާގައެވެ.

މައިޑް އެކްސްޕޯއަކީ ޑައިވް ކުރުމާއި، މެރިން ކޮންޒަވޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ، އަދި އެފަދަ ހިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކަށް ހާއްސަކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަށް ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވް މަންޒިލްތަކާއި، މޫދުކުޅިވަރާއި، ޑައިވިންގެ އެކި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވާނެއެވެ. މި އެކްސްޕޯއަށް ޑައިވް އަދި މެރިން ކޮންޒަވޭޝަނަށް ލޯބިކުރާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި އެކްސްޕޯގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގައި މޫދުކުޅިވަރާއި، ޑައިވިންއަށް ހުރި ފުރުސަތުތަކާއި، މެރިން ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖޭގައި ކުރާ މަސައްކަތްތައް ދެކުނުއިރުމަތީ އޭޝިއާ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިންނާ ހިއްސާކުރުން ކަމަށެވެ.

މައިޑްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައިވް، މެރިން ކޮންޒަވޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މި ޙިދުމަތްތައް ލިބިގަންނަން ބޭނުން ފަރާތްތަކާއި އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

މި ހަރަކާތުގައި ސަބަބުން ރާއްޖެއިން ލިބެން ހުންނަ ޑައިވިން، ވޯޓަރސްޕޯޓްސް، މޫދު އަޑީގެ އެކި ތަޖުރިބާތައް ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން