ވިލިމާލެއަށް ބެޓެރީ ޓެކްސީ ތައާރަފްކުރަން ނިންމާ، އެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބެޓެރީ ކާރުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ވިލިމާލޭގައި 24 ގަޑިއިރު ދޭނެ ބަޔަކު ބޭނުންވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަސްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިއުމުން މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ.



ސިޓީ ކައުންސިލުން ނިންމާފައި ވަނީ މި ޚިދުމަތް ދިނުމަށް ބެޓެރީ ނުވަތަ އިލެކްޓްރިކް 10 ކާރު ހޯދުމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ވިލިމާލެއަކީ ބަގީގެ ޚިދުމަތްދޭ ރަށަކަށްވެފައި ބަގީގައި ނުގެންދެވޭ ތަކެތި ވެސް ހުންނާތީ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ވިލިމާލެއަކީ އާބާދުވީއްސުރެ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ރަށެކެވެ. އެއަވަށުގައި މުޅިންވެސް ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާއި ރަށްޓެހި އުޅަނދުތަކެވެ.

ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޗައިވާލާ

09-Dec-2021

ތައާރަފު ކުރަނީތަ. ނޫނީ އިތުރުކުރަނީތަ!!!!!. ޞޮލުރޮދި



ޓްރެންޑިން