ޓާކިޝް އެއަރލައިނުން ރާއްޖެއަށް ބާއްވަމުން އަންނަ ދަތުރުތައް އިތުރުކޮށްފިއެވެ.

ޓާކިޝް އެއަރލައިނުން ދިޔައީ ރާއްޖެއަށް މީގެކުރިން ހަފުތާއަކު 7 ދަތުރުކުރަމުންނެވެ. ނަމަވެސް އަލަށް ފަށާ ދަތުރުތަކާއެކު ޓާކިޝް އެއަރލައިނުން ހަފުތާއަކު އެގާރަ ދަތުރު ރާއްޖެއަށް ބޭއްވުމަށް ނިންމާފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެވެސް ހޯމަ، އަނގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހު ރާއްޖެއަށް އިތުރު ދަތުރެއް ބާއްވަން އެ އެއަރލައިނުން ވަނީ ނިންމާފައެވެ.



ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ބާއްވާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ތުރުކީގެ އިސްތަންބޫލާއި ދެމެދުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ޓާކިޝް އެއަރލައިންސްގެ ފްލައިޓުތަކުގައި ރާއްޖެއަށް 56712 މީހުން ވަނީ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން