ބޮލީވުޑްގެ މަޝްހޫރު ދެފިލްމީތަރިން އަދި ދެލޯބިވެރިންކަމަށްވާ މަލައިކާ އަރޯރާ އަދި އަރްޖުން ކަޕޫރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން އިންޑިއާގެ ނޫސްތަކުން ހާމަކޮށްފިއެވެ.

މިދެތަރިން ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުންދަނީ ޕަޓީނާ މޯލްޑިލްވްސް ފަރި އައިލެންޑްސްގައެވެ. މިދެތަރިންވެސްވަނީ އެކުގައި ޗުއްޓީ ހޭދަކުރަމުންދާކަން ދައްކުވައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

2000ގެ އަހަރުތަކުގައި ފިލްމީދާއިރާއަށް ތައާރަފްވެގެންދިއަ މަލައިކާ އަރޯރާ ގިނައިން ފެނިގެން ގޮސްފައިވަނީ ހިންދީ ފިލްމުތަކުގެ އައިޓަމް ލަވަތަކުންނެވެ. އަދި ގިނަ ޓީވީ ޝޯވްތަކެއްގެ ފަނޑިޔާރުކަންވެސް ކޮށްފައިވާ މަލައިކާ އެންމެ ފަހުން ފެނިގެންދިއައީ އިންޑިއާސް ގޮޓް ޓެލެންޓް، އެމްޓީވީ ސުޕަރމޮޑެލް އޮފް ދަ އިއަރގެ އިތުރުން އިންޑިއާސް ބެސްޓް ޑާންސަރގެ ޖަޖެއްގެގޮތުގައެވެ.

2012 ވަނަ އަހަރު ފިލްމީދާއިރާއަށް ތައާރަފްވެގެންދިއަ އަރްޖުން ކަޕޫރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ހިންދީ ފިލްމު ސަރްދާރްކާ ގްރޭންޑް ސަން އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން