ހިންދީ ފިލްމު އަތުރަންގީ ރޭގެ މިއުޒިކް އަލްބަމް، ޑިސެމްބަރ 6 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

އަކްޝޭ ކުމާރް، ސާރާ އަލީ ޚާން އަދި ދަނުޝް ލީޑް ރޯލުން ފެނިގެންދާ މިފިލްމުގެ ލަވަތައް ކޮމްޕޯޒް ކޮށްފައިވަނީ ބޮލީވުޑްގެ ލެޖެންޑް މިއުޒިޝަން އޭއާރް ރަހްމާނެވެ. މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރޭއާ ގޯޝާލްގެ ރީތި އަޑުންނެވެ.

ހިންދީ ފިލްމު އަތުރަންގީ ރޭ އަކީ ގަދަމަކުން ކުރާ ކައިވެންޏަކާ ގުޅޭ ހާދިސާއެއް ދައްކުވައިދޭ އަދި ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ހިމާންޝޫ ޝަރްމާ ލިޔެ ތައްޔާރުކޮށްފައިވާ މިފިލްމަކީ އާނަންދު ރާއީ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގެ މިއުޒިކް އަލްބަމް މާދަމާ ރިލީޒްކުރިނަމަވެސް، މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 24 ވަނަދުވަހު، އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ ޕްލަކް ހޮޓްސްޓަރ މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން