ސްޓޭޓް ޓްރޭޑިންގ އޯގަަނައިޒޭޝަން، އެސްޓީއޯއިން މިދިޔަމަހު 78 ހާހަށްވުރެ ގިނަ ބަސްތާގެ ކާޑު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވައިފިއެވެ.

އެސްޓީއޯއިން ބުނީ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ތެރޭގައި އަތޮޅުތަކަށް 544 އޯޑަރެއް ވަނީ ފޮނުވާފައެވެ. މީގެތެރޭގައި ހިމެނެނީ 24152 ބަސްތާ ހަނޑުލާއި 7893 ބަސްތާ ހަކުރާއި 19595 ބަސްތާ ފުށްކަމަށް އެސްޓީއޯއިން ބުނެއެވެ.

މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 1104 އޯޑަރަށް ތަކެތި ފޮނުވާފައިވާއިރު އޭގެތެރޭގައި ހިމެނެނީ 9036 ބަސްތާ ހަނޑުލާއި، 3935 ބަސްތާ ހަކުރާއި 6304 ބަސްތާ ފުށެވެ.



އެސްޓީއޯއިން ބުނީ މިދިޔަ ނޮވެންބަރުމަހުތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 78335 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް، އީ-ސްޓޯރ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙައިރާން

09-Dec-2021

ފުރީކޮއްތަ?



ޓްރެންޑިން