ގަތަރު އެއާވޭސް ގެ ކެބިން ކްރޫއެއް ހެޒްމެޓް ސޫޓްގައި
ގަތަރު އެއާވޭސް ގެ ކެބިން ކްރޫއެއް ހެޒްމެޓް ސޫޓްގައި
ގަތަރު އެއަރވޭސްގެ ދަތުރު ތަކުގައި މުވައްޒަފުންނާއި ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ބޯޓުގެ ކެބިން ކްރޫއިންގެ ޔުނިފޯމްގެ ބައެއްގެ ގޮތުގައި ހެޒްމެޓް ސޫޓް ލާ ގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތުން، ކެބިން ކްރޫއިންގެ ޔުނިފޯމްގެ މަތިން ލާ މި ހެޒްމެޓް ސޫޓްއާއި އެކު މާސްކް، އަންގި އަދި ސޭފްޓީ ގޮގްލްސް ބޭނުން ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ގަތަރު އެއަރވޭސް އިން މިދިޔަ ހޯމަ ދުވަހު ވަނީ އާންމު ކޮށްފައެވެ.

މިދިޔަ ހަފްތާ ތަކުގައި ގަތަރު އެއަރވޭސް އިން ކޮށްފައިވާ ދަތުރު ތަކުގައިވެސް އެބޯޓުގައި މަސައްކަތް ކުރާ ކެބިން ކްރޫއިން ވަނީ ޕީޕީއީގެ ގޮތުގައި މާސްކް އަދި އަންގި ފަދަ ތަކެތި ބޭނުން ކޮށްފައެވެ.

މީގެ އިތުރުން މިހިނގާ މެއި މަހުގެ 25 އިން ފެށިގެން ގަތަރު އެއަރވޭސް އިން ދަތުރު ކުރާ ހުރިހާ ދަތުރުވެރިންވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ގަތަރު އެއަރވޭސްއިން ހާމަކުރެއެވެ.

ގަަތަރު އެއަރވޭސް ގެ އިތުރުން އެއަރއޭޝިޔާ ގައި މަސައްކަތް ކުރާ ކެބިން ކްރޫއިންގެ ޔުނިފޯމްގެ ބައެއްގެ ގޮތުގައި ހާއްސަ ޕީޕީއީ އެއް ވަނީ ފަރުމާ ކޮށްފައެވެ. އެއަރ އޭޝިޔާގެ ކްރޫންނަށް ހާއްސަ މި ޕީޕީއީ މިދިޔަ މަހު ވަނީ އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން