ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ތަރި ކިރަން ކޭރް ސޮނީ ޓީވީން ފަށަން އުޅޭ އިންޑިއާސް ގޮޓް ޓެލެންޓްގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ މި ޝޯވްގެ ޖަޖުންގެ ޕެނަލުގައި ކިރަން ހިމެނޭކަން ކަށަވަރުވީ ޝިލްޕާ ޝެޓީގެ އިންސްޓަގްރާމްގައި އާއްމުކުރި ވީޑޮއޯއަކާ ގުޅިގެން ކަމަށެވެ. އެގޮތުން ޝިލްޕާ އިންސްޓަގްރާމްއަށް ދޫކޮށްލި ވީޑިއޯ އަކީ އިންޑިއާސް ގޮޓް ޓެލެންޓް ޝޯގެ ފުރަތަމަ ދުވަހުގެ ރެކޯޑިންގެ ތެރެއިން ކިރަންއާ އެކު ނަގާފައިވާ ވީޑިއޯއެކެވެ.

އުމުރުން 69 އަހަރުގެ ކިރަން އަކީ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުންނެވެ. ކިރަން އަށް ލޭގެ ކެންސަރު ޖެހި، ފަރުވާ ހޯދާކަން އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

އިންޑިއާސް ގޮޓް ޓެލެންޓް ސީޒަން ނުވައެއްގެ ޖަޖުންގެ ޕެނެލާ ކިރަން ގުޅުނު އިރު، މި ޝޯވް ކުރިން ކަލާޒް ޗެނެލުން ގެނެސްދިން އިރު އެންމެ ފަހު ތިން ސީޒަނުގައި ވެސް ކިރަން ޖަޖުކަން ކޮށްފައިވެއެވެ.

ކިރަން އަކީ މިހާތަނަށް ގިނަ ފިލްމުތަކާއި ޓީވީ ޑްރާމާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން