ދުވާލަކު ދަޢުވާއެއް އުފުލިޔަސް، އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ވ. އަތޮޅު އާރަށް ކުއްޔަށް ދިނުމަށް ފަހު ޔާމީން ރިޝްވަތުގެ ފައިސާ ހޯއްދަވައިގެން އެފައިސާ އިން މަނީ ލޯންޑަރ ކުރެއްވި ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ކުށުގެ ދައުވާ އުފުލައި އެމައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމާއި ގުޅިގެންނެވެ.


އެކަމަށް އިޝާރަތް ކުރައްވައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ދުވާލަކު ދަޢުވާއެއް އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ ކަމަށެވެ. އަދި އެފަދަ ދައުވާތަކުން ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް ލޯތްބާ ތާއީދަކަށް ހީނަރުކަމެއް ވެސް ނާންނާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.



"އަދި ކިއެއްތަ؟ ތާއީދާ ލޯތްބާ އިތުބާރު ދާނީ އިތުރުވަމުން." ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލައްވަމުން އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލާފައިވާއިރު، އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާއެއް ސާބިތުވެ ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެެވެ. އެމައްސަލައިގައި 5 މިލިއަން ޑޮލަރުން ރައީސް ޔާމިން ވަނީ ޖޫރިމަނާކޮށްފައެވެ.

ރައީސް ޔާމިނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެމައްސަލައިގެ އަޑުއެހުންތަށް ނިމި މިހާރު ވަނީ ހުކުމަކާއި ހަމަޔަށް ގޮސްފައެެވެ. މިމަހުގެ ތެރޭގައި އެމައްސަލައިގައި ހުކުމް ކުރާނެ ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު


3

އަލީ

25-Nov-2021

ކުޑަކަކޫ ޖަހާނެކަމެއްނެތް ވަގައްނެގި ރުފިޔާތައް ހަވާލް ކުރޭ ޓިނޭ.