ސެޕްޓެމްބަރު މަހު ނެޓްފްލިކްސުން ދައްކާފައިވާ ދެކުނު ކޮރެޔާގެ ޑްރާމާ ''ސްކުއިޑް ގޭމު'' އިން ހޯދި ހުރިހާ ރެކޯޑެއް މުގުރާލާ، ނެޓްފްލިކްސްގެ އެއްވަނައަށް ދެކުނު ކޮރެޔާގެ ޑުރާމާ ''ހެލްބައުންޑް'' ޖެހިލައިފިއެވެ.

ހުރިހާ ރެކޯޑުތަކެއް މުގުރާލާ އެންމެ ކުރީގައި މިހާރު އޮތީ ދެކުނު ކޮރެޔާގެ ޑުރާމާ ''ހެލްބައުންޑް'' އެވެ. މިއީ ޔިއޯން ސެންގް ހޯ ޑައިރެކްޓް ކޮށްފައިވާ ޑުރާމާއެކެވެ. މި ޑުރާމާއަކީ ސުޕަނެޗުރަލް ކަންތައްތަކެއް ދައްކުވައިދޭ ޑުރާމާއެކެވެ.

މި މަހުގެ 19 ވަނަ ދުވަހު ނެޓްފްލިކްސުން ވަނީ މި ޑްރާމާގެ ފުރަތަމަ އެޕިސޯޑު ދައްކައިފައެވެ. އަދި ފުރަތަމަ އެޕިސޯޑުން އެކަނި މި ޑުރާމާ ވެގެންދިޔައީ ނެޓްފްލިކްސްގެ ދުނިޔޭގެ އެންމެ މަގުބޫލުކަން ލިބުން ޑުރާމާއަށެވެ. މި ޑުރާމާގެ އެންމެ ފުރަތަމަ އެޕިސޯޑުން އެކަނި ވެސް އެތައް ބަޔެއް އާޝޯހު ކޮށްލިއިރު، މީގެކުރިން ނެޓްފްލިކްސްގައި އެންމެ މަޝްހޫރުވި ސްކުއިޑް ގޭމަށް މި ދަރަޖަ ލިބުނީ އެ ސީރީޒްގެ ހަތްވަނަ އެޕިސޯޑުންނެވެ.

މީގެއިތުރުން ފުރަތަމަ އެޕިސޯޑާއި އެކު 24 ގައުމެއްގެ އެއްވަނައިގައި މި ޑުރާމާ ހިމެނިގެން ދިޔައެވެ. އޭގެތެރޭގައި ދެކުނު ކޮރެޔާ، ބެލްޖިއަމް، ހޮންގްކޮންގް، ވިއެޓްނާމް، މޮރޮކޯ ފަދަ ގައުމުތައް ހިމެނެއެވެ.

ފުރަތަމަ އެޕިސޯޑާއި އެކު ''ހެލްބައުންޑް'' އަށް މި ލިބުނު ކާމިޔާބީއަށް ފަހު ކުރިއަށް އޮތްތަނުގައި ގިނަ ރެކޯޑުތަކެއް މި ޑްރާމާއަށް ލިބޭނެ ކަމަށް ބެލުންތެރިން ދަނީ ބުނަމުންނެވެ.

ޑައިރެކްޓަރ ޔިއޯން ސެންގް ހޯއަކީ މީގެކުރިން ވެސް މިފަދަ ކާމިޔާބު އެތައް ފިލުމަކާއި ޑުރާމާއެއް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި''ޕެނިންސިއުލާ'' ފަދަ ފިލުމުތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން