ކުސު ކުސު ލަވައިގެ ޝޫޓިންއަށް ފަހު ނޯރާގެ ކަރުން އާދަޔާޚިލާފު ނިޝާންތަކެއް ފެނިއްޖެއެވެ.



މިހާތަނަށް ނޯރާ ޝޫޓްކޮށްފައިވާ ލަވަތަކުގެ ތެރެއިން ކުސު ކުސު ވެގެން ގޮސްފައިވަނީ އެންމެ އަވަސް އަރުވާލާފައި ނޯރާ ޝޫޓްކުރި ލަވައަށެވެ. އެގޮތުން މުޅިއަކު ދެ ދުވަސް ތެރޭގައި ނޯރާ ވަނީ މި ލަވަ ޝޫޓްކޮށް ނިންމާފައެވެ. ޝޫޓިންއަށް ފަހު ދެން ފެންމަތިވީ ނޯރާގެ ކަރުގައި ފެންނަން ހުރި އާދަޔާޚިލާފު ނިޝާންތަކެވެ.

މީޑިއާތަކާ މި ވާހަކަ ހިއްސާކުރަމުން ނޯރާ ބުނީ އޭނާ މި ލަވަ ޝޫޓްކުރި ފުރަތަމަ ދުވަހު ވާނީ މެދުކެނޑުމެއްނެތި 15 ގަޑިއިރު ޝޫޓްކޮށްފައިކަމަށެވެ. އަދި ދެވަނަ ދުވަހު ކުޑަ ބްރޭކް އަކަށްފަހު މެދުކެނޑުމެއް ނެތި އޭނާ ވާނީ 22 ގަޑިއިރު ޝޫޓްކޮސްފައިކަމަށް ނޯރާ ވަނީ ބުނެފައެވެ.

އެގޮތުން ލަވަ ޝޫޓްކުރި ފުރަތަމަ ދުވަހު މި ނިޝާންތައް ނުފެންނަ ކަމަށާއި، ނަމަވެސް ދެވަނަ ދުވަހު ޝޫޓިން ނިންމުމަށް ފަހު އޭނާއަށް ވަނީ ކަރުގައި ހުރި މި ނިޝާންތައް ފާހަގަ ވެފައިކަމަށް މީޑިއާތަކާ ހަވާލާދީ ނޯރާ ވަނީ ބުނެފައެވެ. އަދި މި ނިޝާން ތަކަކީ އޭނާ އެ ލަވަ ޝޫޓްކުރުމަށް ލައިގެން ހުރި ކަރަށް ބާރު ހެދުމުގެ ސަބަބުން ފެންނަން ހުރި ނިޝާންތަކެއް ކަމުގައި ބެލެވޭކަމަށް ނޯރާ ވަނީ ބުނެފައެވެ.

ކުސުކުސުގެ ޝޫޓިންއަކީ މިހާތަނަށް ނޯރާ ޝޫޓްކޮށްފައިވާ ލަވަތަކުގެ ތެރެއިން އެންމެ ގިނަ އަނިޔާ ލިބުނު، ޝޫޓިންކަން ފާހަގަ ކުރަމުން ނޯރާ ބުނީ އޭނާ މި ލަވަ ޝޫޓްކޮށް ނިންމާފައިވާނީ ބަރާބަރު 37 ގަޑިއިރުން ކަމަށެވެ.

ކުޅަދާނަ ނެށުންތެރިޔާ ނޯރާގެ ތަފާތު ފެނިލުމެއް ފެނިގެންދާ ކުސު ކުސު ރިލީޒްކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މި ލަވަ ރިލީޒްކުރި ފަހުން މާގިނަ ދުވަސްތަކެއް ނުވިނަމަވެސް މިހާތަނަށް މި ލަވައަށް ވަނީ 70 މިލިއަން ވިއުސް ލިބިފައެވެ. މިއާއެކު މި ލަވަ މިހާރު ވަނީ ޗާޓުތަކުގެ އެއްވަނައިން ޖާގަ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން