މަޝްހޫރު ލަވަކިޔުންތެރިން އަދި ދެ ލޯބިވެރިންކަމަށްވާ ޝޯން މެންޑޭޒާއި ކަމީލާ ކަބެޔޯ ވަކިވާން ނިންމައިފިއެވެ.

ޝޯން މެންޑޭޒް އަދި ކަމީލާ ކަބެޔޯގެ ލޯބީގެ ވާހަކަ ތަކަކީ ގިނަ ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެނިގެންދިޔަ ގިނަ ބަޔަކަށް ކަމުދިޔަ ވާހަކަތަކެކެވެ. އަދި އެންގޭޖްކޮށް ކައިވެނިކުރުމާމެދު ވިސްނާކަމަށްވެސް ޝޯން މެންޑޭޒް ވަނީ މީގެކުރިން ހާމަކޮށްފައެވެ. ނަމަވެސް ލޯބިވެރިންގެ ގޮތުގައި ދެއަހަރު ދުވަސް ހޭދަކުރުމަށްފަހު މިދެތަރިން މިހާރު މިވަނީ ވަކިވުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

މިގޮތުން މީސް މީޑިއާގައި ހިއްސާކޮށްފައިވާ ލިޔުމުގައި ދެލޯބިވެރިންގެ ގޮތުގައި ވަކިވާން ނިންމިއަސް ދެރަހުމަތްތެރިންގެ ގޮތުގައި ވާނެކަމަށް ކަމީލާ އަދި ޝޯންވެސް ބުނެފައިވެއެވެ.

ކެނެޑާއަށް އުފަން ލަވަކިޔުންތެރިޔާ ޝޯން މެންޑޭޒްގެ ފުރަތަމަ އަލްބަމެެއް ނެރެފައިވަނީ 2014 ވަނައަހަރުއެވެ. ޝޯންގެ ލަވަތަކަށް ގާތްގަނޑަކަށް 58 އެވޯޑުވެސް ލިބިފައިވެއެވެ. ޝޯން މެންޑޭޒް އިޚްތިޔާރުކޮށްފައިވާ ބައިވެރިޔާ، ކަމީލާ ކަބޭޔޯ ފުރަތަމަ މަޝްހޫރުވެގެން ގޮސްފައިވަނީ 2012 ވަނަ އަހަރު އުފެދުނު ފިފްތު ހާމޮނީ ގްރޫޕުންނެވެ. ނަމަވެސް 2016 ވަނަ އަހަރު ގްރޫޕުން ވަކިވެ ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުންދާ ކަމީލާގެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2018 ވަނަ އަހަރުއެވެ.

މި ދެޒުވާން ލަވަކިޔުންތެރިންނަކީވެސް ދުނިޔޭގެ އެތައް ޒުވާނުންނެއްގެ މެދުގަޔާއި އެކި އުމުރު ފުރާގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު ދެލަވަކިޔުންތެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން