ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކައިވެނިކޮށް ދަރިން ހޯދަން ބޭނުންވާކަން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނައުތު ހާމަކޮށްފިއެވެ.

ކަންގަނާ މިހެން ބުނެފައިވަނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައެވެ. އިންޓަރވިއުގައި އޭނާ ހުރީ ހުސްކޮށް ނޫންކަން ހާމަަކޮށްދެމުން ވަރަށް އަވަހަށް ވާން އުޅޭ ބައިވެރިޔާގެ މައުލޫމާތު އެނގިގެންދާނެކަމަށްވެސް ކަންގަނާ ބުނެފައިވެއެވެ.

"ކައިވެނި ކޮށް ދަރިން ހޯދަން އަހަރެންވެސް ބޭނުން. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަހަންނަށް އަހަރެން ފެންނަނީ މަންމައެއް އަދި މީހެއްގެ އަނތްބެއްގެ ގޮތުގައި." ކަންގަނާ ބުންޏެވެ.

2006 ވަނަ އަހަރު ހިންދީ ފިލްމު ގޭންގްސްޓަރ އިން ފިލްމީ ދާއިރާއަށް ނުކުތް ކަންގަނާ ވަނީ މިހާތަނަށް ކާމިޔާބު ފިލްމު ތަކަކުން ފެނިގެންގޮސްފައެވެ. އޭނާގެ ފިލްމީ މަސައްކަތަށް މިފަހަކުން ވަނީ އިންޑިއާގެ ގައުމީ އިނާމް، ޕަދްމަ ޝްރީވެސް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން