“އެމް.ޑަބްލިއު.އެސް.ސީ ކޯސްޓަލް ރޮވިން ބީޗް ސްޕްރިންޓް 2021” މުބާރާތް ނިންމުމުގެ ރަސްމިއްޔާތު.
“އެމް.ޑަބްލިއު.އެސް.ސީ ކޯސްޓަލް ރޮވިން ބީޗް ސްޕްރިންޓް 2021” މުބާރާތް ނިންމުމުގެ ރަސްމިއްޔާތު.
ރޯވިން އެސޯސޮއޭޝަން އޮފް ދަ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ "އެމް ޑަބްލިއު އެސް ސީ ކޯސްޓަލް ރޮވިން ބީޗް ސްޕްރިންޓް 2021" މުބާރާތް މިއަދު ނިންމާލައިފިއެވެ.

މި މަހުގެ 11 އިން 14 އާއި ހަމައަށް ކުރިއަށްދިޔަ މި ފަލިޖެހުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު އެވެ. އެގޮތުން މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި، ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރ އަލްއުސްތާޛު އަހުމަދު ހަމްޒާއާއި، އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި، ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަހުމަދު ހަބީބް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްޑަބްލިއުއެސްސީން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 5 ސްކޫލަކުން 150 ދަރިވަރުންނާއި، 80 މުދައްރިސުން އަދި 4 ކްލަބުން 20 އެތުލީތުން ވާދަކޮށްފައި ވެއެވެ.

މި މުބާރާތުގައި ވާދަކޮށްގެން ރަން ވަނަތައް ހާސިލް ކުރި ފަރާތްތަކަށް މިއަދު ވަނީ ހަނދާނީ ލިޔުމާއި މެޑަލް ދީފައެވެ. ރަންވަނަތައް ހާސިލްކުރި ފަރާތްތަކަށް ސްޓްފިކެޓާއި މެޑަލް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ހަސަން ޝާހެވެ.

ރޯވިން މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރޯވިން ނުވަތަ ފަލި ޖެހުމުގެ އާދަ ކުޑަކުދިންނަށާއި، ޒުވާނުންނަށް ދަސްކޮށްދިނުމެވެ. އަދި މި މުބާރާތުގެ ސަބަބުން ވާދަވެރި އަދި ހުނަރުވެރި ޒުވާނުންނާއި ކުދިން އުފެދިގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުބާރާތް ތަކުގައި ވާދަކުރުމަށް ފަހިވެގެން ދާނެކަމަށްވެސް އެމްޑަބްލިއުއެސްސީން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން