އެމްޓީސީސީން ގަނެފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާ ދެއްކުން ތިން މަސް ދުވަހަށް ފަސްކޮށްދީފިއެވެ.

ނުރައްކާތެރި ކޯވިޑް-19 ރާއްޖެއިން ފެނުމާގުޅިގެން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން އޮޑިވެރިންނާއި މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި އެމްޓީސީސީން ގަނެފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާ ދެއްކޭނެ ލުއިފަސޭހަ ޕްލޭނެއް އެކުންފުނިން ވަނީ ތައާރަފް ކޮށްފައެވެ.

އެމްޓީސީސީން މިއަދު ބުނީ، އެކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނު ދިގު މުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ނަގާފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މުއްދަތަށް ކަނޑައެޅިފައިވާ ފައިނޭންސް ކޯސްޓް ވެސް މާފުކޮށްދޭން ހަމަޖައްސާފައިވާ ކަމަށާއި އެބަދަލާއެކު އިސްލާހުކުރެވިފައިވާ ޕޭމަންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާ ކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން