"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެސް ބޮޑު ހިނގާލުމެއް ބާއްވައިފިއެެވެ.
މިއަދު ހަވީރު ހަތަރެއް ޖެހިއިރު މި ހިނގާލުން ފަށާފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ އެއްވުމުގައި މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲއާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ވެސް ބޭލުމަށް ގޮވާލާ އަޑުއުފުލާފައި ވެއެވެ. އެއްވެސް ހަމަނުޖެހުމެއްނެތި ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދިޔަ މި ހިނގާލުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގުގައި ކުރިއަށް ގެންދިޔުމަށްފަހު ހިނގާލުން ނިއްމާލާފައިވަނީ ޕީޕީއެމް އޮފީސް ކުރިމައްޗަށެވެ.
"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ މިނިވަންކަމުގެ ދިފާއުގައި، ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު